"އައިޝާ" ޑޮކިއުމެންޓްރީ: އީޝާ އަޝްރަފްގެ މައްޗަށް ގަޒްފުގެ ދައުވާ

"އައިޝާ" ޑޮކިއުމެންޓްރީ: އީޝާ އަޝްރަފްގެ މައްޗަށް ގަޒްފުގެ ދައުވާ

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 10:58
0

އަދަދު ނޫހުން ނެރުނު "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީގެ މައްސަލައިގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާ އަޝްރަފްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ގަޒްފުގެ ދައުވާ އުފުލައިފި އެވެ.

މިދިޔަ މާޗު 28 ވަނަ ދުވަހު ނެރުނު މި ޑޮކިއުމެންޓްރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒްފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީގައި ކާކުކަން ނޭނގޭނެ ގޮތަށް އަޑު ބަދަލުކޮށްގެން މައުލޫމާތު ދިނީ އީޝާ ކަމަށް ތުހުމަތުކުރެ އެވެ.

މި މައްސަލައިގައި އީޝާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާއިރު، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލި ދައުވާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ކުރިން ގަޒްފުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.