ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު މަތިންދާބޯޓުން ބާލައި، އޭނާގެ ވީލްޗެއަރަށް ގެއްލުންދިން މައްސަލައެއްގައި އެއާ އިންޑިއާ ޖޫރިމަނާކޮށް، އެ ދަތުރުވެރިޔާއަށް ބަދަލުގެ ގޮތުގައި 5 ލައްކަ އިންޑިއަން ރުޕީސް ދިނުމަށް އިންޑިއާގެ ކޮމިޝަނާ ފޯ ޕާސަންސް ވިތު ޑިސެބިލިޓީސް އިން އަމުރުކޮށްފި އެވެ.
80 އިންސައްތަ ލޮކޮމޯޓާ ނުކުޅެދުންތެރިކަން ހުންނަ މި އަންހެން މީހާ ބޯޓުން ބާލާފައިވަނީ، ދަތުރުކުރުމަށް އެކަށީގެންވާކަން ބަޔާންކުރާ "ފިޓް-ޓޫ-ފްލައި" ލިޔުމާ ގުޅިގެން ހިޔާލުތަފާތުވުމެއް ދިމާވުމުންނެވެ. އެއާއެކު، އޭނާ ދަތުރުފަތުރަށް ބަރޯސާވާ ވީލްޗެއަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މި ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ ދަތުރުވެރިންނަށް ހިދުމަތްދޭ ގޮތާމެދު އެއާލައިންތައް ޒިންމާދާރުކުރުވައި، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ދައްކުވައިދޭ ފިޔަވަޅެއް ކަމުގައި ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ