ފުލިދޫގައި މޫދު ކުލާހަށް ބައިވެރިވި 39 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ފުލިދޫގައި މޫދު ކުލާހަށް ބައިވެރިވި 39 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 01:26
0

ވ. ފުލިދޫގައި ބާއްވަމުން ދިޔަ މޫދު ކުލާހެއްގައި ބައިވެރިވެ ހުއްޓާ ހާލުދެރަވި 39 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނާ ގޮތުގައި، މި ކުލާސް ކުރިއަށް ގެންދިޔައީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، މަދަރުސާގެ ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިންނަށެވެ. އިއްޔެ ހަވީރު 16:30 ހާއިރު، ކުލާހުން ވޯޓާ ބްރޭކް ދިނުމުން އެއްގަމަށް އަރަމުން ދިޔަ އެ އަންހެން މީހާ ނޭވާލަން އުނދަގޫވާ ކަމަށް ބުނުމުން، އަވަސް އަރުވައިގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް ފަރުވާ ދެމުން ގެންދަނިކޮށް 18:14 ހާއިރު އޭނާ ނިޔާވިއެވެ.

ނިޔާވި މީހާގެ ހަށިގަނޑު މެޑިކަލް އެގްޒަމިނޭޝަނަށްޓަކައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ޓެސްޓުތައް ހެދުމަށްފަހު ރޭ ދަންވަރު އާއިލާއާ ހަވާލުކުރި ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.