އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81) ގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ރޭ ނިއު ޔޯކަށް ފުރާވަޑައިގެންފި އެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވައި، ދޭދޭ ގައުމުތަކުގެ އިސްވެރިންނާ އެކު ބާއްވާ ބައްދަލުވުންތަކާއި ގިނަ ގައުމުތައް ގުޅިގެން ބާއްވާ މަޝްވަރާތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފުލާތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކޮމެންޓު ފޮނުވާ