ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 2231އަށް

ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 2231އަށް

Author
އަހުމަދު
20 ސެޕްޓެމްބަރ 2026 09:11
0

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަހަރުގެ މިހާތަނަށް 2231 މައްސަލައެއްގައި ދަޢުވާ އުފުލައި ކޯޓަށް ހުށަހަޅާފައިވާކަން ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ވޭތުވެދިޔަ 8 މަހުގެ ތެރޭގައި މަހުން މަހަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ އަދަދު ވަނީ އެވްރެޖްކޮށް އިތުރުވެފައެވެ.

ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން 451 މަސްތުވާތަކެތީގެ މައްސަލައެއް މިއަހަރުގެ މިހާތަނަށްވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 2372 މައްސަލައެއްގައި ކޯޓުން މިހާރުވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ޕީޖީ އޮފީހުން ވަނީ 1653 މައްސަލައެއް ބަލައިގަނެފައެވެ. އަދި ތަޙުޤީޤީ އިދާރާތަކުން ލަފަޔަކަށް އެދިފައިވާ 4970 މައްސަލައެއްގައި ޕީޖީގެ ލަފާ އެ އިދާރާތަކަށްވަނީ އަރުވާފައެވެ.

ރައްޔިތުންގެ މުދަލާއި އަބުރާއި މުޖުތަމަޢުގެ ހަމަޖެހުމާ ގުޅިފައިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ކޯޓަށް ހުށަހަޅައި، އިންސާފު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ކޯޓުތަކުން ބަލަމުންދާ މައްސަލަތައް އަވަސްކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޕީޖީ އޮފީހުން އަރުވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.