ތޮއްޑޫން 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ތޮއްޑޫން 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 10:06
0

އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އާންމުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، އިމިގްރޭޝަންގެ ޓާސްކްފޯހުން މިއަދު އެ ރަށުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މިއަދު ހެނދުނު 6:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އޮޕަރޭޝަންގައި ތޮއްޑޫގައި ދިރިއުޅޭ 507 ބިދޭސީއަކު ބަލައި ފާސްކުރި އެވެ. އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް 8،600 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފަ އެވެ. އަދި ބިދޭސީންގެ މޫނާއި އިނގިލީގެ ނިޝާން ހިމެނޭހެން ތަފްސީލީ މައުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.