ކުޑަކުއްޖަކަށް ޖިންސީ މަންޒަރު ދެއްކި މީހަކު 7 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ މަންޒަރު ދެއްކި މީހަކު 7 އަހަރަށް ޖަލަށް

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 11:19
0

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރެއް ދެއްކި މީހަކު ހަތް އަހަރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހުކުމް ކޮށްފައިވަނީ އަހްމަދު ނައީމް ކިޔާ މީހެއްގެ މައްޗަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލި ނަމަވެސް، ސާބިތުވެފައިވަނީ ހަމައެކަނި ޖިންސީ މަންޒަރު ދެއްކުމުގެ ދައުވާއެވެ.

ދެން ކުރި ދެ ދައުވާއަކީ، އެ ކުއްޖާ ޖިންސީ ގޯނާ ކުރުމަށްޓަކައި ގްރޫމް ކުރުމުގެ ދެ ދައުވާއެވެ. ނަމަވެސް އެ ދެ ދައުވާ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.