އިމާމުންނަށް ޚާއްޞަ ދިވެހި ފޭރާމެއް ފަރުމާކުރަނީ

އިމާމުންނަށް ޚާއްޞަ ދިވެހި ފޭރާމެއް ފަރުމާކުރަނީ

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 12:02
0

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުންނަށް ޚާއްޞަ ހެދުމެއް ފަރުމާ ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ފަރުޟު ފަސް ނަމާދު އިމާމުވެ ކުރައްވާ ބޭފުޅުންނަށް ޚާއްޞަކޮށް، ތާކިހަލަކާއެކު ފުރިހަމަ ފޭރާމެއް ފަރުމާ ކުރުމަށް އާންމުކޮށް ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށެވެ. މިހާރު ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ނަމާދު ކުރައްވާއިރު ތުރުކުރައްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ޖުއްބާއެއް ކަމަށާއި، ދިވެހި ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް އިމާމުންނަށް ޚާއްޞަ ފޭރާމެއް ފަރުމާ ކުރެވިއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިންގެ އެހީތެރިކަމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދާދި ފަހުން ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާގައި ބޭނުންކުރުމަށްވެސް، ދިވެހީންގެ ފަންނުވެރިކަން ދައްކުވައިދޭ އިސްލާމީ ގައުނަކާއި ތާކިހަލެއް ވަނީ ތައްޔާރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.