ސިނަމާލެ ބުރިޖުމަތީގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި، އިތުރު ސައިކަލަކާއި ކާރަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، އޭގެ ތެރެއިން 20 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ދުއްވި ސައިކަލެއް ކަހާލައިގެން ހިނގި މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ރޭ 19:20 ހާއިރުއެވެ. އަނިޔާވެފައި ވަނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާއަށެވެ.
ސީރިއަސް އަނިޔާތަކެއް ލިބުނު 20 އަހަރުގެ ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ