ޕީއެންސީގެ ކޮންގްރެސް މާދަމާ ފެށެނީ، މާލެއަށް 1،300 މަންދޫބުން

ޕީއެންސީގެ ކޮންގްރެސް މާދަމާ ފެށެނީ، މާލެއަށް 1،300 މަންދޫބުން

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 11:59
0

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،300 އަށްވުރެ ގިނަ މަންދޫބުން މާލެއަށް ޖަމާވެއްޖެއެވެ. މި ކޮންގްރެސް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ކޮންގްރެސް ފެށުމުގެ ކުރިން، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަނީ މާލެއަށް ވަޑައިގެންނެވި މަންދޫބުންނާ ބައްދަލު ކުރައްވަމުންނެވެ. މީގެ ތެރޭގައި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި، ދާއިރާތަކުގެ އަންހެނުންގެ ކޮމިޓީތަކާއި ޒުވާނުންގެ ހަރަކާތުގެ ރައީސުން ހިމެނިވަޑައިގަންނަވައެވެ.

ޕާޓީގެ ބައެއް މަގާމުތަކަށް ވާދަކުރެއްވީ އެއް ކެންޑިޑޭޓަކު ކަމުން، ވޯޓަކާ ނުލައި އެ ބޭފުޅުން ވަނީ އިންތިހާބުވެފައެވެ. އެގޮތުން، އަންހެނުންގެ ހަރަކާތުގެ ރައީސަކަށް ހީނާ، އަދި ޒުވާނުންގެ ހަރަކާތުގެ ރައީސަކަށް އަބާން ވަނީ އިންތިހާބުވެފައެވެ. ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް އަށް ބޭފުޅަކު ވާދަކުރައްވާއިރު، މެމްބަރުންގެ މަޖިލީހަށް ހޮވާ 18 އާންމު މެމްބަރުންގެ މަގާމަށް 73 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.

78،505 މެމްބަރުންނާއެކު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީން ބުނާގޮތުގައި، މި ކޮންގްރެސްވާނީ ރާއްޖޭގެ ތާރީހުގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.