ދިރިއުޅޭ ރަށުން ވޯޓުލެވޭ ގޮތް ހަދަން އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް

ދިރިއުޅޭ ރަށުން ވޯޓުލެވޭ ގޮތް ހަދަން އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 11:57
0

ލޯކަލް ކައުންސިލް އިންތިހާބުގައި ރަޖިސްޓްރީވެފައިވާ ރަށުގެ ބަދަލުގައި، ދިރިއުޅޭ ރަށެއްގެ ކައުންސިލަށް ވޯޓުލެވޭ ގޮތް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅައިފި އެވެ.

އަންނަ އޮކްޓޫބަރު 1 ގައި ބާއްވާ ކޮންގްރެސްއަށް، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހަޅުއްވައި، ކުރީގެ މެންބަރު އިލްޔާސް ލަބީބު ތާއީދުކުރެއްވި "ބޮޑު ބަދަލު"ގެ ނަމުގައި ހުށަހެޅި މި ގަރާރުގައި ބުނެފައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ އެ މީހަކު ހިދުމަތް ހޯދާ ކައުންސިލެއްގެ މެންބަރުން އިންތިހާބުކުރުމުގެ ފުރުސަތު ލިބިގެން ކަމަށެވެ. މި ބަދަލު ގެންނަން ބޭނުންވާ ދިރާސާތައް ކުރުމަށް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން، އިންތިހާބުކުރެވޭ ކޮންމެ މީހަކު ވެސް ދައުރުގެ މެދުތެރެއިން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމާއި، ރައްޔިތުންގެ މަޖިލީސް ދެ ގޭގެ މައްޗަށް އެކުލެވޭ މުއައްސަސާއަކަށް ބަދަލުކުރުމުގެ ހިޔާލު ވެސް ގަރާރުގައި ހިމެނެ އެވެ. އެގޮތުން، އެކި ފަންނުތަކުގެ ބޭފުޅުންގެ މައްޗަށް އެކުލެވޭ "މަތި ގެ"އެއް އުފެއްދުމަށް ދިރާސާކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު އިސްކޮށްދެނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.