މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެންޖެހި ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
މީރާއިން އާންމުކުރި ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަދަދުގެ ބޮޑުބައެއް ހޯދިފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 2.09 ބިލިޔަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ހޯދިފައިވަނީ 1.39 ބިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވަނީ ފައިސާ ދެއްކުމަށް އެދި ފޮނުވި ޑަނިން ނޯޓިސްތަކުގެ ޒަރީޢާއިންނެވެ.
ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ތެރެއިން، މުއްދަތު ހަމަވިއިރުވެސް ނުލިބިހުރި ފައިސާ ހޯދުމަށް މީރާއިން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ޤަވާއިދުން ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާކޮށް ވަރުގަދަކޮށްފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ