ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަކުރި އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީއަށް ހާއްސަ ޝަރަފެއް އެރުވުމުގެ ގޮތުން، މި ހަފްތާ ބަންދުގައި ކުޅޭ އާޖެންޓީނާ ލީގުގެ ހުރިހާ މެޗެއްގެ 10 ވަނަ މިނެޓުގައި ކުޅުން މެދުކަނޑާލައި އެއް މިނެޓުގެ ސުކޫތެއް ގެންނަން އެ ގައުމުގެ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ނިންމައިފިއެވެ.
ގައުމީ ޓީމުގައި 10 ނަންބަރު ޖާޒީގައި ވިދާލި، އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ 39 އަހަރުގެ މެސީ ގައުމީ ޓީމުން ރިޓަޔަކުރިކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ގައުމީ ޓީމަށް އެންމެ ގިނަ މެޗު (207) ކުޅެދިނުމުގެ ރެކޯޑުވެސް އޮތީ މެސީ އަތުގައެވެ. އެންމެ ފަހުން ގައުމީ ޖާޒީގައި އޭނާ ފެނިގެންދިޔައީ މި އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗުންނެވެ.
އޭއެފްއޭގެ ބަޔާނުގައި ވަނީ މެސީ ގައުމަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދަނޑަށް ހާޒިރުވެ މި ޝަރަފުވެރި ވަގުތުގައި ބައިވެރިވުމަށް ސަޕޯޓަރުންނަށް ދައުވަތު ދީފައެވެ.
ކޮމެންޓު ފޮނުވާ