ބީއެމްއެލްއަށް ފޮނުވި ކަމަށްބުނާ ސިޓީއަކީ ފޭކެއް: އިހުސާން

ބީއެމްއެލްއަށް ފޮނުވި ކަމަށްބުނާ ސިޓީއަކީ ފޭކެއް: އިހުސާން

Author
އަހުމަދު
31 އޮގަސްޓް 2026 09:57
0

ހޯމް މިނިސްޓްރީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޮނުވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެ ސިޓީ ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އެއީ މިނިސްޓްރީގެ ރަސްމީ ސިޓީއެއް ކަމަށް ދެއްކުމަށް ހަދާފައިވާ ފޭކް ސިޓީއެއް ކަމަށާއި، ހޯމް މިނިސްޓްރީއަކީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ އެފަދަ އެއްވެސް ލިޔެކިޔުމެއް ބޭންކަކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ކަންކަން ނުހިންގުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ދައުރުވަމުންދާ ސިޓީގައިވަނީ، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތިން ޑޮލަރު މާރުކުރުމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ބައެއްގެ ގޮތުން، މަނީ އެކްސްޗޭންޖް ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، އެފަރާތްތަކަށް 500 ޑޮލަރަށްވުރެ މަތިން ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ ފާއިތުވި 6 މަހުގެ ބޭންކް ސްޓޭޓްމަންޓްތައް ސީއެސްވީ ފޯމެޓުގައި ހިއްސާކުރުމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.