ކުރެންދޫން 29 އަހަރުގެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކުރެންދޫން 29 އަހަރުގެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

Author
އަހުމަދު
28 އޮގަސްޓް 2026 02:38
0

ޅ. ކުރެންދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމުގެ ތުހުމަތުގައި 29 އަހަރުގެ ދިވެހި ފިރިހެނަކު އެ ރަށުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ދިލާސާގެ / ޅ. ކުރެންދޫ، އިބްރާހީމް ޒާހީ ސުލައިމާން ކަމަށާއި، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެކުލެވޭ 26 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 4.01 ގުރާމެވެ.

ޒާހީގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 20 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.