އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަމިއްލައަށް ޑިޒައިންކޮށް، އިމާރާތްކުރި 425 ގޮނޑީގެ ޒަމާނީ އޮޑިޓޯރިއަމް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާއި ބޯޑު މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު ނަސީބުވެރި މުވައްޒަފަކަށް ހައްޖު ދަތުރެއް ވެސް ހަދިޔާ ކުރެވުނެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، މި އޮޑިޓޯރިއަމަކީ ބޯޑު ރޫމަކާއި، ކޭޓަރިންގެ ޚިދުމަތް ދެވޭނެ ވަސީލަތްތަކާއި، އެންމެ ޒަމާނީ އާލާތްތައް ހިމެނޭ ފުރިހަމަ ތަނެއް ކަމަށެވެ. މި މަޝްރޫއު ކާމިޔާބުކުރުމުގައި މުވައްޒަފުން ދެއްކި ހުނަރުވެރިކަމާއި ބުރަ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި މާލަން ޚާއްޞަކުރެވިފައި ވަނީ ކުންފުނީގެ ރަސްމީ ބައްދަލުވުންތަކާއި، ތަމްރީން ޕްރޮގްރާމްތަކާއި، މުވައްޒަފުންނާ ގުޅޭ ޚާއްޞަ ހަފްލާތައް ބޭއްވުމަށެވެ.
ކޮމެންޓު ފޮނުވާ