ގޭސް ލީކުވި ހާދިސާގައި ޒަޚަމްވި އަންހެން މީހާގެ ހާލު ރަނގަޅު

ގޭސް ލީކުވި ހާދިސާގައި ޒަޚަމްވި އަންހެން މީހާގެ ހާލު ރަނގަޅު

Author
އަހުމަދު
28 އޮގަސްޓް 2026 09:54
0

މާލޭގެ ގެއެއްގައި ގޭސް ލީކުވެގެން ހޮސްޕިޓަލަށް ގެންދިޔަ 19 އަހަރުގެ އަންހެން މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މާފަންނު ދިލްކްޝާ ގޯޅީގައި ހުންނަ ގެއެއްގައި ހިނގި މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 10:34 އެހާކަންހާއިރު، އެ ގޭ ތެރޭގައި ދެ މީހެއްގެ ހާލު ދެރަވެފައި ތިބި ކަމުގެ މައުލޫމާތާއެކުއެވެ. ހާދިސާގައި ދަފްތަރު ނަންބަރު ރސ:6210 މާލެ، ޒާހިދާ ތައުފީގު ވަނީ ނިޔާވެފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

ހާދިސާގައި ޒަޚަމްވި 19 އަހަރުގެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.