އައްޑޫ ފޭދޫ ސްކޫލުގެ ކެޑޭޓު ކޭމްޕުގައި ބައިވެރިވަމުންދިޔަ ދަރިވަރުންގެ ތެރެއިން ކާނާވިހަވެގެން ފަރުވާދިން ހުރިހާ ކުދިން، ހާލު ރަނގަޅުވުމުން ދޫކޮށްލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޭމްޕުގައި ބައިވެރިވަމުންދިޔަ ދަރިވަރުންނަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ އަލާމާތްތައް ފެނުމުން، ޖުމުލަ 31 ދަރިވަރަކު ފޭދޫ ސިއްހީ މަރުކަޒާއި، މަރަދޫ ސިއްހީ މަރުކަޒުގެ އިތުރުން، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާދިނެވެ. ބަލިވި ދަރިވަރުންނަކީ ފޭދޫ ސްކޫލުގެ ގްރޭޑް ހަތަކާއި އަށެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރުންނެވެ.
އޭއީއެޗުން ބުނީ ދަރިވަރުން ބަލިވީ ކާނާވިހަވެގެން ކަން ޔަގީންވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ބާވަތެއްގެ ކާނާއަކުން ދިމާވި ކަމެއްކަން ސީދާ ޔަގީންވާނީ ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ