ގއ.ދެއްވަދުއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ މީހުންކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ގއ.ދެއްވަދޫ ކްލަސްޓާއިންމިހާތަނަށް 54 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ކުޑަކުދިންނާއި، ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުން ހިމެނޭއިރު އެންމެ ގިނައީ ޢުމުރުން ދުވަސްވީ މީހުންކަމަށް ދެއްވަދޫ ކައުންސިލުން ބުނެއެވެ. ޢުމުރުން ދުވަސްވީ މީހުންނަކީ ބަލީގެ ރިސްކު އެންމެ ބޮޑު ޢުމުރުފާއެވެ. ދެއްވަދޫ ކައުންސިލުން ބުނީ މިހާތަނަށް އެރަށުން ގިނަ ޢަދަދެއްގެ ސާމްޕަލް ނަގާފައިވާކަމަށާއި، ނަތީޖާ ނުލިބިވެސް ގިނަ ސާމްޕަލްތަކެއް އެބަހުރިކަމަށެވެ. އެގޮތުން މިހާތަނަށް 400 އެއްހާ ސާމްޕަލް ނަގާފައިވާކަމަށް ދެއްވަދޫ ކައުންސިލުން ބުނެއެވެ.
ދެއްވަދޫއިން ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެރަށަކާއެކު އެއަތޮޅުގެ 5 ރަށެއް މީހަރު ވަނީ މޮނިޓަރިންއަށް ލާފައެވެ. ދެއްވަދޫގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށްވަނީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގއ.ދެއްވަދޫން 30 ނޮވެމްބަރ 2020ގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުކޮށްފައެވެ.
ގއ.ދެއްވަދޫގައި ކޯވިޑް19 ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ފެނުނު މީހާގެ ކިބައިން ނޫކަމަށާއި، ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އެޗްއީއޯސީން ބުނެފައިވަނީ ބަލި ފެތުރިފައިވަނީ ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި ބަލި އުޅުމަށްފަހުގައިކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވއަދި ބަލި ރަށު ތެރޭގައި ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކިބައިން ނޫންކަން އެނގޭކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ