ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީމެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ހިންގާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއްގައި 20 ފުރުސަތެއްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު ފެށި އިންޓަރންޝިޕް ޕްރޮގްރާމްގެ ފަސްވަނަ އިންޓެކް އަންނަ މާރިޗްމަހުގެ 17 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 އިން 28 ފެބްރުއަރީ ވަނީ ހުޅުވާލާފައެވެ. އެގޮތުން 20 ފުރުސަތެއްގައި ބައިވެރިވުމަށް ޢާންމުކޮށް ވަނީ ހުޅުވާލާފަވެ.
މި އިންޓާންޝިޕަށް ކުރިމަތިލެވެނީ މެޑިކަލް ކޮލެޖް / ޔުނިވާސިޓީއަކުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮންނަ ފަރާތްތަކަށެވެ.
ކޮމެންޓު ފޮނުވާ