ސިވިލް ކޯޓުގެ ގާޟީ އިޙްސާން ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި

ސިވިލް ކޯޓުގެ ގާޟީ އިޙްސާން ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި

Author
އަހުމަދު
20 އޮގަސްޓް 2026 09:06
0

ސިވިލް ކޯޓުގެ ގާޟީ ޢަބްދުﷲ އިޙްސާން 60 ދުވަހުގެ މުއްދަތަށް ވަޒީފާއިން ދުރުކުރީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގެ މައްސަލައާ ގުޅިގެންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ގާޟީ އިޙްސާން ސަސްޕެންޑް ކުރިއިރު، މީޑިއާގައި ތަފާތު ވާހަކަތައް ދެކެވޭތީ އެކަން ސާފުކޮށްދެމުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ މަސައްކަތުން ދުރުކުރީ ކޮމިޝަނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންކަމަށެވެ. މި ތަޙުޤީޤުގައި މިހާރު ވަނީ ގާޟީ އިޙްސާންގެ ބަޔާނާއި، އިތުރު ފަރާތްތަކެއްގެ ބަސްވެސް ނަގާފައެވެ.

ޖޭއެސްސީން ބުނިގޮތުގައި، އިޙްސާން މަޤާމުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަޙުޤީޤަށް ހުރަސްއެޅިދާނެކަމަށް ފެންނާތީއާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ސަސްޕެންޑްކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.