ބިދޭސީންނަށް ދޫކުރެވޭނީ އެންމެ ސިމްކާޑެއް ކަމަށް ހަމަޖައްސަނީ

ބިދޭސީންނަށް ދޫކުރެވޭނީ އެންމެ ސިމްކާޑެއް ކަމަށް ހަމަޖައްސަނީ

Author
އަހުމަދު
19 އޮގަސްޓް 2026 08:15
0

އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެންމެ ސިމްކާޑެއް ފިޔަވައި އިތުރު ސިމްކާޑެއް ދޫނުކުރެވޭ ގޮތަށް ސިމް ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި މި ނިންމެވުމުގެ ދަށުން، ބިދޭސީއެއްގެ ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ނަމަވެސް، ފުލުހުންނަށް ހުށަހަޅައި ކަނޑައެޅޭ ވަކި އިޖުރާއަތުތަކެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭނެ އެވެ. މީގެ އިތުރުން ޖަލުތަކަށް ވައްދާ ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ މެދު ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމަވައިފަ އެވެ.

މި ފިޔަވަޅު އަޅަން ނިންމެވި އިރު، ރާއްޖޭގައި އެންމެ ދުވަސްވީ އެއް މައްސަލައަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ މައްސަލަ އެވެ. މި ސަރުކާރުން ދަނީ ބިދޭސީން ގަވައިދަށް ފެއްތުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އެ މަޝްރޫއުގެ ދަށުން ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފައި ޑީޕޯޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީއަކީ 590,079 އެވެ. އޭގެ ތެރޭގައި 394,054 ދިވެހީންނާއި 196,024 ބިދޭސީން ހިމެނޭ އިރު، ބިދޭސީންގެ 89 ޕަސެންޓް (174,005) އަކީ ފިރިހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.