އެންމަޑި ފަދަ ކަނޑު ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް ޢަމަލުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެދިއްޖެއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ ފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ އެކިއެކި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، މިފަދަ "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްްތިޞާދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އީޕީއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް 16 ޖޫން 2014 ގައި ވަނީ ހިމާޔަތްކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އިއުލާނަކުން ވެސް ވަނީ އީޕީއޭގެ ބަޔާންުގައި އާންމުކޮށްފައިވެއެވެ.
ރާއްޖެއިން ފެންނަ އެންމަޑިގެ ދެބާވަތަކީ (އިންޓަރ ނޭޝެނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާ) އައި.ސީ.ޔޫ.އެން ރެޑްލިސްޓް ގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތައް ކަމަށް ވެސް އޫޕީއޭއިން ބުންޏެވެ.
ކޮމެންޓު ފޮނުވާ