މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

Author
ހުސެއިން
16 އޮގަސްޓް 2026 12:03
0

 

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ މ. ސޭންޑީހޮލޯ، އަބްދުﷲ އިނާޒް، 37، އެވެ. ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އިނާޒް ދިރިއުޅޭ ގެ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 515.11 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އިނާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.