އައްޑޫގެ ތަރައްގީއާއި ގުޅޭގޮތުން ޝާހިދު އައްޑޫގެ ރައްޔިތުންނާ މަޝްވަރާ ކުރައްވައިފި: ޝާހިދު

އައްޑޫގެ ތަރައްގީއާއި ގުޅޭގޮތުން ޝާހިދު އައްޑޫގެ ރައްޔިތުންނާ މަޝްވަރާ ކުރައްވައިފި: ޝާހިދު

Author
އަހުމަދު
12 އޮގަސްޓް 2026 09:22
0

އައްޑޫ ސިޓީގެ ރައްޔިތުން އެދެނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއް ދެކެން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ރޭ މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އައްޑޫގެ ތަރައްގީއާއި، އެ ސިޓީގެ ރައްޔިތުން އެމްޑީޕީގެ ވެރިކަމަކަށް ކުރާ އުއްމީދާއި، ރައްޔިތުންގެ ތަސައްވުރާ ބެހޭ ގޮތުންނެވެ.

"އައްޑޫ ރައްޔިތުން އެދިތިބީ އެމްޑީޕީގެ ވެރިކަމަށް. އައްޑޫ ރައްޔިތުން ބޭނުމީ ތަރައްޤީ،" ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޝާހިދު ދަނީ ފަހަކަށް އައިސް އެކި ދާއިރާތަކާއި އެކި ސަރަހައްދުތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ޚިޔާލު ހޯއްދަވަމުންނެވެ. މި ބައްދަލުވުންތައް ބާއްވަވަމުން ގެންދަވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދު ވާދަކުރައްވާނެ ކަމަށް ބުނާ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކަންޏެވެ. ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ވީނަމަވެސް، އެ ނިންމުން އަދި ސާފުކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.