މިސަރުކާރަށް 2 އަހަރުން ތަރައްޤީކުރެވުނީ މަގެއްގެ ބުރިއެއް: ޝުޖާޢު

މިސަރުކާރަށް 2 އަހަރުން ތަރައްޤީކުރެވުނީ މަގެއްގެ ބުރިއެއް: ޝުޖާޢު

Author
މުޙައްމަދު ޖިމީ
16 ޖެނުއަރީ 2021 11:07
0

މިސަރުކާރުގެ ދެއަހަރު ދުވަހުގެ ތެރޭގައި ތަރައްޤީކުރެވުނީ މަގެއްގެ ބުރިއެއްކަމަށް ބާރަށު ދާއިރާގެ ކުރީގެމެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހއ.ދިއްދޫ ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދަޅުވީ، ފާއިތުވި 5 އަހަރަކީ މުޅި ހއ.އަށް ތަރައްގީގެ ރަން ޒަމާނެއް ގެނެސްދިން ފަސް އަހަރުކަމަށެވެ. އަދި މުހިންމު މަޝްރޫޢެއް ހިންގުމަށް މަސައްކަތްކުރި 5 އަހަރުކަމަށާއި، އެއަތޮޅުގައި ހިންގަން އުޅުނު އައިހެވަން މަޝްރޫޢުއަކީ މުޅި އަތޮޅުގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މަޝްރޫޢުއެއްކަމަށެވެ.

ޝުޖާއު ވިދާޅުވީ އެ މަޝްރޫޢުއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރަހާ ކުލަޖައްސާ ހަގީގަތަކަށް ހެދުމަށް ބުރަ މަސައްކަތެއްކުރި މަޝްރޫޢުއެއްކަމަށާއި، އެމަޝްރޫޢުގެ ތެރެއިން މަހާޖަރައްފާ ފަދަ އެތައް ކަމެއް ހަގީގަތަކަށް ވެގެން އައިކަމަށެވެ. ޝުޖާއު ވަނީ އައިހެވަން މަޝްރޫޢުއަކީ ކުރީ ސަރުކާރުގައި ފީސިބަލް މަޝްރޫޢުއެއްތޯއާއި އެކަމަށް ބޭނުންވާ ސާރވޭތައް ހަދައި ނިމިފައިވާ މަޝްރޫޢުއެއްކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އެމަޝްރޫޢު ހުއްޓުވީ މިސަރުކާރުގެ ވެރިންނަށް މިހާރު ތިއްބެވި ބޭފުޅުންކަމަށާއި، އެއީ ކައިރި ޤައުމަކުން ޕްރެޝަރކޮށްގެން ކުރުވިކަމެއްކަން މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އެނގިވަޑައިގަންނަވާނެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް އޭސީ ކުރުން ހިމެނޭއިރު އެވަޢުދު އަދިވެސް ނުފުއްދޭކަމަށް ވިދާޅުވެ ވަނީ ވަރަށް ބޮޑަށް ފާޑުވިދަޅުވެފައެވެ.

"މި ސަރުކާރގެ 100 ދުވަހުގެ ވަޢުދެއް. އިސްލާމްދީނަށް ލޯބިކުރާ ވެރިއެއްކަމަށް ދެއްކުމަށް ވީ ވަޢުދެއް، މީހުން އުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި އޭސީ ހަރުކުރާނަމޭ. 100 ދުވަހުގެ ވައުދަކީ ހުރިހާ މިސްކިތެއް އޭސީކުރާނަމޭ. 2 އަހަރު ވީއިރު އެއްވެސް އޭސީއަކަށް ކަރަންޓެއް ނުގުޅާ. ވަރަށް ފައްކާ ވަޢުދެއް. ކޮންމެ މީހަކު މިސްކިތަށް އަރާ އިންނަނީ ގަނޑުވެފަ. އޭސީގެ ފިނިގަދަކަމުން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަކީ ރަންގަނޑެއް."

– މިސަރުކާރުން ވެފައިވާ ވައުދުތަކަށް ފާޑުވިދާޅުވެ ޝުޖާއޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަނބުކެޔޮ ހެއްދުމަކީ ތަރައްޤީއެއް ނޫންކަމަށާއި، ބޮލި ހޮވުމަކީވެސް ތަރައްޤީއެއް ނޫންކަމަށެވެ. ބޮޑު ތިލަދުންމައްޗަށް އިންޑިއާގެ ކޮޗިން ފެރީ ފެށުމުން އެސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ފައިދާވާނެކަމަށް މިސަރުކާރާއި ބޮޑުތިލަދުންމަތީގެ މަޖިލިސް މެންބަރުން ވިދާޅުވެފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޝުޖާޢު ވިދާޅުވީ، ކޮޗިން ފެރީން ރާއްޖެ އަންނަނީ މުދާނޫންކަމަށާއި، އަންނަނީ ގޮތް ނޭނގޭ އެއްޗެއްކަމަށެވެ.

ބޮޑުތިލަދުންމަތީގެ މެންބަރުން ވިދާޅުވި އޭގެއިން ބޭރުކުރާނީ ބޮންބާއި، ކާއްޓާއި، ފަންކަމަށް. މިއީ ތަރައްޤީ މިރައީސްއަށް. މިކަހަލަ ވައުދު މިރައީސްވެފައި މިވަނީ.

– ރައީސް އަށް ފާޑުވިދާޅުވަމުން ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާލުވީ، މިސަރުކާރަށް ރައްޔިތުން ބޭނުންވާ ތަރައްޤީ ނުގެނެވޭނެކަމަށާއި، ތަރައްޤީ ބޭނުންނަމަ އަދި ރައީސް ޔާމީންއަށްޓަކައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރުކަށް ވޯޓް ދޭންޖެހޭކަމަށެވެ.

މިސަރުކާރަކަށް ތަރައްޤީއެއް ނުކުރެވޭ. 2 އަހަރު ތެރޭ ތަރައްޤީކުރެވުނީ މަގެއްގެ ބުރިއެއް. މަގެއް ނުހެދޭ މަގުބުރިއެއް ހެދުނީ. ކުޑަކުދިންގެ ޕާކަކީ މިއީ އަޅުގަނޑުމެންގެ ސަރުކާރަގަ ތަރައްީޤއެއްނޫން. ވަރަށް "ސިމްޕަލް" ކަމެއް. މާލޭގަ ބަސް ސްޓޭންޑެއް ހަދާފަ މިބުނަކީ ބަސްސްޓޭންޑެކޭ. އެއީ ތަރައްޤޤިއެއްނޫން. ދިއްދޫ މަގުމަތީގައި ހުންނަ ބޮކި ބަދަލުކުރުމަކީ ތަރައްޤީއެއް ނޫން. ދިއްދޫގެ ކައިވެނިނުކުރާ މީހުންގެ ޢަދަދު މަތިވީމަ މިބުނަނީ އަޅުގަނޑުމެން ވަރަށް ގިނަ މީހުންގެ ކައިވެނިކޮށްދީފިމޭ. ރަށަށް އަރާ ކޭބަލް ރޯލަކީ ތަރައްޤިއެއްނޫން.

– ބާރަށު ދާއިރާގެ ކުރީގެމެންބަރު އިބްރާހީމް ޝުޖާޢު

އިލެކްޝަން ކޮމިޝަނަށް ފާޑުވިދާޅުވާ ވިދާޅުުވުން ތަކުރާރުކުރައްވަމުން ޝުޖާޢު ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރުގެ އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރާކަމަށެވެ. އޭނާ ވަނީ ކުރިއަށް އޮތް އިންތިޚާބަށް ލަފާދިނުމަށް ރާއްޖެއިން ބޭރުގެ މީހުން އީސީގައި މަސައްކަތްކުރާކަމަށްވެސް ތުހުމަތުކުރައްވާފައެވެ.

ޝުޖާޢު ވިދާޅުވީ، ކޯވިޑް-19އާއެކު މިސަރުކާރުގެ ވައްކަންތައް އިތުރުވެފައިވާކަމަށާއި، މިއީ ރާއްޖޭގެ ހަޔާތުގައިވެސް ކުރި އެންމެ ބޮޑު ވައްކަންކަމަށެވެ. އަދި މިސަރުކާރުން ކުޑަކުދިންގެ ތަޢުލީމަށްވެސް ދިނީ އަނިޔާކަމަށް ވިދާޅުވެ ޝުޖާޢު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.