ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މެޓް އިން ލަފާކުރާ ގޮތުގައި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށްވެސް މިއަދު ކެރީގެ އަސަރު ފޯރާނެއެވެ. އެ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އިން ލަފާކޮށްފައި ވެއެވެ.
ކަނޑުތަކުގެ ހާލަތާ ގުޅޭގޮތުން މެޓް އިން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައެވެ.
ކޮމެންޓު ފޮނުވާ