އެކުވެނި ސިންތެޓިކް ޓްރެކް ރައީސް ހުޅުއްވައިދެއްވައިފި

އެކުވެނި ސިންތެޓިކް ޓްރެކް ރައީސް ހުޅުއްވައިދެއްވައިފި

Author
މުޙައްމަދު ޖިމީ
16 ޖެނުއަރީ 2021 05:56
0

ޤައުމީ ފެންވަރުގެ ދުވުންތެރިންނާއި އާއްމުން ކަސްރަތަށް ބޭނުންކުރަމުން އައި ޑިމާންޑް ބޮޑު މާލޭ ކުޅިވަރު އެކުވެނީގެ ވެލި ޓްރެކުގައި ސިންތެޓިކް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވައިފިއެވެ.

އެކުވެރި ސިންތެޓިކް ޓްރެކް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރި ޓްރެކެކެވެ. ސަރުކާރުން 1996 ވަނަ އަހަރު ތަރައްގީކުރި ވެލި ޓްރެކުގައި އާއްމުން ކަސްރަތުކުރުމުގެ އިތުރުން ބައެއް އަމިއްލަ އެކަޑަމީތަކާއި ކަސްރަތު ކްލާސްތައް ވެސް ބާއްވަ އެވެ. އަދި ހުޅުމާލޭގައި 2018 ވަނަ އަހަރު ސިންތެޓިކް ޓްރެކެއް އެޅުމާ ހަމަޔަށް އެތުލެޓިކްސް މުބާރާތްތަކާއި ޕްރެކްޓިސްތަކަށް އެތަން ބޭނުންކުރި އެވެ. އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި އެޅި ތަނެކެވެ.

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އެ ތަނުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސީއެސްއާރް މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

އައު ސިންތެޓިކް ޓްރެކާއެކު ދުވުންތެރިންނަށާއި، އެތްލީޓުންނަށް ބޮޑޫ ކުރިއެރުމެއް ލިބޭނެކަމަށާއި، ބޮޑެތި މުބާރާތްތައްވެސް އެޓްރެކްގައި ބޭއްވޭނެކަމަށް ޔޫތު މިނިސްތޤރީން ވަނީ ބުނެފައެވެ. މި ޓްރެކުގައި ވެސް އެތުލެޓިކްސް އަށް ހާއްސަ ވަގުތުތަކެއް އޮންނާނެ ކަމަށާއި އެކަމަކު ކުރިއެކޭ އެއްގޮތަށް އާއްމުންނަށް ވެސް ދަތިކަމެއް ނެތި ޓްރެކް ބޭނުންކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

ދުވާ ޓްރެކެއްގެ ގޮތުގައި އެތަން އާއްމުކޮށް ބޭނުންކުރި ނަމަވެސް އެތަނުގެ މެދުގައި އޮންނަ ކްރިކެޓް ދަނޑުގެ މިންހަމަކުރަނީ އެ ޓްރެކް މަތިން ބައުންޑަރީ އަޅައިގެންނެވެ. އެހެންވެ ކްރިކެޓަށް ހާއްސަ ތަނެއް ހެދެންދެން، ސިންތެޓިކް ޓްރެކުގެ ބައެއް ކްރިކެޓުން ވެސް ބޭނުންކުރާނެ އެވެ. މިނިސްޓްރީން ބުނީ ކްރިކެޓަށް ހާއްސަ ގަޑީގައި ޓްރެކް ބަންދުވާނެ ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.