ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް މިދިޔަ މަހު 621 ޓަނަށްވުރެ ގިނަ ޓްރާންސްޝިޕްމަންޓް މުދާ ރާއްޖޭން ބޭރަށް ފޮނުވައި ރެކޯޑެއް ގާއިމުކޮށްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، މިއީ ސީޓު އެއާ އަދި އެއާޓު އެއާ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން، ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސް، އާ ރެކޯޑެއް ގާއިމުކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސީޓު އެއާ ޚިދުމަތަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް 621 ޓަނުގެ މުދާ ފޮނުވާފައިވާ ކަމަށާއި، މިއީ އެ ޚިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރު ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
މި ކުރިއެރުންތަކުން ދައްކައިދެނީ، ވީއައިއޭއަކީ އޭޝިއާއާއި ޔޫރަޕުގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާ ކަން ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން، މިއީ ކާގޯ ޓްރާންސްޝިޕްމަންޓް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް އެކަށީގެންވާ މަންޒިލެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ކަނޑުމަގުން މުދާ ގެނައުމަށްފަހު ވައިގެ މަގުން ފޮނުވުމަކީ ހަރަދު ކުޑަކޮށް އަދި އަވަހަށް މުދާ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ލޮޖިސްޓިކްސްގައި ބޭނުންކުރާ މޮޑެލްއެއް ކަމަށް އިންޑަސްޓްރީގެ އޮފިޝަލުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ