ޓެރަރިޒަމްގެ ތުހުމަތުގައި ސުވާލުކުރަން ށ. ކޮމަންޑޫ މީހަކު ހޯދަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ސުވާލުކުރަން ށ. ކޮމަންޑޫ މީހަކު ހޯދަނީ

Author
އަހުމަދު
02 އޮގަސްޓް 2026 04:08
0

ޓެރަރިޒަމްގެ މައްސަލައެއްގައި ސުވާލުކުރުމަށް ށ. ކޮމަންޑޫ، ހިޔަލީގެ، އިބްރާހީމް އަޒުހަދު 36، ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަޒުހަދު ހާޒިރު ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އެހެންކަމުން އޭނާ ހޯދަން އިއުލާނު ކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.

އަޒުހަދު ހާޒިރު ކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ. އޭނާ ހާޒިރުވާން އަންގާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 15:00 އަށް، ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.