މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާ ކޮށްފި

މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާ ކޮށްފި

Author
އަހުމަދު
01 އޮގަސްޓް 2026 10:01
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރާނެކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މާބޮޑަށް ވިއްސާރަ ނުކުރާނެކަމަށާއި، ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ވައި ޖެހޭނެކަމަށް ލަފާކުރެވެނީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 8 މޭލާއި 15 މޭލާއި ދެމެދުގައިކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

ކުރިއަށްއޮތް 3 ދުވަހަށް ބަލާއިރުވެސް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރުމަކީ އެކަށީގެންވާކަމެއްކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.