ސާފްގެ އެގްޒެކްޓިވް ކޮމިޓީއަށް ޝާފިއު އިންތިޚާބުވެއްޖެ

ސާފްގެ އެގްޒެކްޓިވް ކޮމިޓީއަށް ޝާފިއު އިންތިޚާބުވެއްޖެ

Author
އަހުމަދު
01 އޮގަސްޓް 2026 10:00
0

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ އެގްޒެކިއުޓިވް ކޮމިޓީގެ މެމްބަރުކަމަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބު ރައީސް، ޙުސެއިން ޝާފިއު (ކޮކީ) ހޮނިހިރު ދުވަހު ބޫޓާނުގައި ބޭއްވި ސާފްގެ އޯޑިނަރީ ކޮންގްރެސްގައި އިންތިޚާބުވެއްޖެއެވެ.

ޝާފިއު އަކީ ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ދުށް އެންމެ ހިންގުންތެރި އެއް އެޑްމިނިސްޓްރޭޓަރެވެ. އޭނާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އަދި އެންމެ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ހިންގާ އެއް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯވެސްމެއެވެ. މާޒިޔާ ދުށް އެންމެ ކާމިޔާބު ދުވަސްތަކުގައި އެ ކުލަބު ހިންގުމާ ހަވާލުވެ ހުރީވެސް އޭނާއެވެ.

އެފްއޭއެމްގެ އެކްސްކޯގައި ކުރިންވެސް މަސައްކަތްކުރައްވާފައިވާ ޝާފިއު ވަނީ، އެ އެސޯސިއޭޝަންގެ އޭރުގެ ހިންގުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކާ ގުޅިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އެފްއޭއެމްގެ މިހާރުގެ ރައީސް އަޙްމަދު ޠާރިޤް، އެ އެސޯސިއޭޝަންގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ޝާފިއު ވަނީ ނައިބު ރައީސެއްގެ ގޮތުގައި އަލުން އެފްއޭއެމްގައި މަސައްކަތް ފައްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.