ޣާޒީ ސްކޫލް ޓީޗަރަކާއި ޖަމާލުއްދީންގެ ދަރިވަރެއް ޕޮޒިޓިވްވެއްޖެ

ޣާޒީ ސްކޫލް ޓީޗަރަކާއި ޖަމާލުއްދީންގެ ދަރިވަރެއް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
16 ޖެނުއަރީ 2021 04:28
0

ޖަމާލުއްދީން ސްކޫލްގެ ދަރިވަރަކާއި، ހުޅުމާލެ ޣާޒީ ސްކޫލްގެ ޓީޗަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ގާޒީ ސްކޫލްގެ ޓީޗަރަކު މިއަދު ކޯވީޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެއާއެކު އެސްކޫލުން 12 ކޮންޓެކްޓުން ދެނެގަނެވިފައިވާކަމަށެވެ. އަދި އެއީ 12 ޓީޗަރުންކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. އަދި މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސީން ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަސްވެސް އެޗްއީއޯސީން ބުނެއެވެ.

މީގެ އިތުރުން ޖަމާލުއްދީން ސްކޫލްގެ ސްރޭޑް 9 ގައި ކިޔަވަމުން އަންނަ ދަރިވަރަކުވެސް މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެކޭސްއާއި ގުޅިގެން 4 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި އިތުރަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

ޖަމާލުއްދީންގެ ދަރިވަރަކާއި، ޤާޒީ ސްކޫލްގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު ބިލަބޮންގް ހައިގެ4 ދަރިވަރަކުވެސް ކޯވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަމީއްނިއްޔާ ސްކޫލްގެ ޓީޗަރަކުވެސް މިމަހުގެ 13 ގައި ވަނީ ޕޮޒިޓިވްވެފައެވެ. އަދި ވިލިމާލެ މުހްޔިއްދީން ސްކޫލުގެ މުވައްޒަފަކުވެސް ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.