ބިދޭސީ ދެ މީހެއްގެ ލަގެޖުން 5.5 ކިލޯގެ ކެނެބިސް އަތުލައިގަނެފި

ބިދޭސީ ދެ މީހެއްގެ ލަގެޖުން 5.5 ކިލޯގެ ކެނެބިސް އަތުލައިގަނެފި

Author
އަހުމަދު
21 ޖުލައި 2026 02:40
0

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ ކެނެބިސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި މައްސަލައިގައި މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ ދެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރެދާނެ ކަމަށް ޝައްކު ކުރެވިގެން ފާސްކުރި ފާސްކުރުމުގައި ފެނުނީ ކެނެބިސްގެ ބާވަތެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 5540 ގްރާމު ހުއްޓެވެ. އޭގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.