މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީން ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕެއް

މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީން ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕެއް

Author
ހުސެއިން
20 ޖުލައި 2026 10:10
0

މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީގައި ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕްގެ ފުރުޞަތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

2026/2027 ވަނަ އަހަރަށް ހުޅުވާލި މި ފުރުޞަތުތަކުގެ ތެރެއިން 5 ފުރުޞަތެއް ޚާއްޞަކޮށްފައިވަނީ ޝަރީޢާ ސައިންސްގެ ދާއިރާއަށެވެ. ބާކީ 17 ފުރުޞަތު ދެވޭނީ ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާތަކުންނެވެ.

ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ ޝަހާދާ ޘާނަވިއްޔާ ނިންމާފައިވާ، 15 އޮގަސްޓު 2026 ގެ ނިޔަލަށް އުމުރުން 30 އަހަރު ފުރިފައިނުވާ ދިވެހި ރައްޔިތުންނަށެވެ. މީގެ އިތުރުން، މަތީ ތަޢުލީމުގެ ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައި ވާންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޕްލިކޭޝަނާއެކު ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓް، ޕާސްޕޯޓް ކޮޕީ، ގުޑް ކޮންޑަކްޓް ސެޓްފިކެޓް އަދި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހެއެވެ. ބޭރުގެ ސެޓްފިކެޓެއް ނަމަ، އެމް.ކިއު.އޭއިން ވެލިޑޭޓްކޮށްފައި އޮތުމަކީ ޝަރުޠެކެވެ.

އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ. ހާރޑް ކޮޕީ ބަލައިގަންނާނީ 12 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީގެ ކައުންޓަރުންނެވެ.

އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1474 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.