ސްކޫލު ބަންދުގައި 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ފުރައިފި

ސްކޫލު ބަންދުގައި 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ފުރައިފި

Author
އަހުމަދު
20 ޖުލައި 2026 11:48
0

މިހާރު ކުރިއަށްދާ ސްކޫލު ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ މީޑިއާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަސްވަރު ތަފާތު ގްރޫޕުތަކާއެކު އުމްރާއަށް ގޮސްފައިވާ ދިވެހިންގެ ޢަދަދު 4،000 އަށްވުރެ އިތުރު ކަމަށާއި، ހުރިހާ އެންމެންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ.

"މި ދުވަސްވަރު އެކި ގްރޫޕުތަކާއެކު އުމްރާއަށް ގޮސްފައިވާ ދިވެހިންގެ ޢަދަދު 4،000 އަށްވުރެ އިތުރު. ހުރިހާ އެންމެންގެ ޙާލު ވެސް ރަނގަޅު،" ޝަހީމް ވިދާޅުވިއެވެ.

މި މަހު ދިވެހި އެކި ގްރޫޕުތަކުން ހުށަހަޅާފައިވާ އުމްރާ ޕެކޭޖުތަކުގެ އަގު 27،000 އާއި 30،000 ރުފިޔާއާ ދެމެދުގައި ހުއްޓެވެ. މި ޕެކޭޖުތަކުގައި ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ގައިޑް ޓުއަރތައް ވެސް ހިމެނެއެވެ.

ކޮންމެ ސްކޫލު ބަންދެއްގައި ވެސް އެތައް ހާސް ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރެއެވެ. މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް 1،000 ދިވެހިން ސައުދީ އަރަބިއްޔާއަށް ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.