ސްރީލަންކާގެ މަޝްހޫރު ފެޝަން ފިހާރަ، ހައުސް އޮފް ފެޝަންސްގެ ވެރިޔާ އަދި މެނޭޖިން ޑިރެކްޓަރު ޕްރީތީ ޖަޔަވަރްދަނާ ހައްޔަރުކޮށްފި އެވެ.
ޖަޔަވަރްދަނާ ހައްޔަރުކޮށްފައި ވަނީ، ކަސްޓަމްސް ވެލިއުއޭޝަން މައްސަލައެއްގައި ލަންކާ ކަސްޓަމްސް އިން ކުރިއަށް ގެންދާ ޚާއްސަ ތަހުގީގެއްގެ ތެރެއިން، އޭނާ ދިރިއުޅޭ ގެއިންނެވެ. ހައްޔަރު ކުރި ފަހުން، ހިތާ ގުޅުން ހުރި ސިއްހީ މައްސަލައެއް ދިމާވެގެން، އޭނާ ވަނީ ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދީފައެވެ.
ޑެއިލީ މިރާއަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އިސް އޮފިޝަލަކު ވިދާޅުވީ، ޖަޔަވަރްދަނާއަށް ސިއްހީ މައްސަލަ ދިމާވީ ކަސްޓަމްސް އޮފިސަރުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށާއި، އެއަށްފަހު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފެށި ކަމަށެވެ.
ޖަޔަވަރްދަނާއަށް ފަރުވާ ދެމުންދަނިކޮށް، ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ވަނީ ހޮސްޕިޓަލަށް ޒިޔާރާތްކޮށް، އޭނާގެ ސިއްހީ ހާލަތު ބައްލަވާފައެވެ. އަދި އެ ޒިޔާރާތަށްފަހު، ޖަޔަވަރްދަނާ ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ