މިނިވަން ދުވަހު ކުމުންދޫގައި އެންމެ ނަލަކޮށް ދިއްލާ ގެއަކަށާއި މުއައްސަސާއަކަށް 1500ރ ގެ ފައިސާގެ އިނާމު

މިނިވަން ދުވަހު ކުމުންދޫގައި އެންމެ ނަލަކޮށް ދިއްލާ ގެއަކަށާއި މުއައްސަސާއަކަށް 1500ރ ގެ ފައިސާގެ އިނާމު

Author
އަހުމަދު
17 ޖުލައި 2026 11:25
0

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ހދ. ކުމުންދޫގައި ގެތަކާއި މުއައްސަސާތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތެއް ބާއްވަން އެ ރަށު ކައުންސިލުން ނިންމައި، ކޮންމެ ކެޓަގަރީއެއްގެ އެއްވަނަ އަށް 1500ރ ގެ ފައިސާގެ އިނާމެއް ދޭން ކަނޑައަޅައިފި އެވެ.

ކުމުންދޫ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތައް ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން މި މުބާރާތް ބާއްވަނީ ރަށުގެ މިނިވަން ދުވަހުގެ ފޯރި ގަދަކުރުމުގެ ގޮތުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ޖުލައި މަހުގެ 26، 27 އަދި 28 ވަނަ ދުވަހު އެ ތަނެއް ދިއްލައި ޒީނަތްތެރިކޮށް ބަހައްޓަން ޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މުބާރާތުގައި ދެ ކެޓަގަރީއެއް ހިމެނޭ ކަމަށާއި، އެއީ ގޭ ބިސީތަކުގެ ކެޓަގަރީއަކާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކުގެ ކެޓަގަރީއެއް ކަމަށް ކައުންސިލުން ބުނެއެވެ. ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އެގޮތުން އެއްވަނަ ފަރާތަކަށް 1500ރ، ދެވަނަ ފަރާތަކަށް 1000ރ އަދި ތިންވަނަ ފަރާތަކަށް 500ރ ގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް ކައުންސިލުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.