ސްކޫލު ބަންދާ ދިމާކޮށް މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެ: މެޓް

ސްކޫލު ބަންދާ ދިމާކޮށް މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެ: މެޓް

Author
އަހުމަދު
16 ޖުލައި 2026 09:47
0

ސްކޫލު ބަންދާ ދިމާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.

މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދޫކޮށް ޗުއްޓީ ވަނީ ފަށައިފައެވެ. މިއާއެކު ގިނަ ބަޔަކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރު ފެށުމަށް ތައްޔާރުވަމުންދާއިރު، ޗުއްޓީ ނިމި އަލުން ކިޔެވުން ފެށޭނީ އޮގަސްޓު ދެ ވަނަ ދުވަހުއެވެ.

މެޓް އޮފީހުން 'ސަން’އަށް މައުލޫމާތު ދެމުން ބުނީ، މި ހަފުތާ ބަންދާއި ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އުތުރުގެ ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އަދި މާދަމާ ހެނދުނު 06:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތުން، ރާއްޖެއަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވެފައި، ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.