އާޖެންޓީނާ ވޯލްޑްކަޕުން ބޭރުކުރަން ގޮވާލާ ޕެޓިޝަނަށް 7.5 މިލިއަން ސޮއި ހަމަވެއްޖެ

އާޖެންޓީނާ ވޯލްޑްކަޕުން ބޭރުކުރަން ގޮވާލާ ޕެޓިޝަނަށް 7.5 މިލިއަން ސޮއި ހަމަވެއްޖެ

Author
އަހުމަދު
15 ޖުލައި 2026 04:48
0

ފީފާ ވޯލްޑް ކަޕުން އާޖެންޓީނާ ބޭރުކުރުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި 7.5 މިލިއަނަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

މިރޭ ސެމީ ފައިނަލްގައި އިނގިރޭސިވިލާތާ ދެކޮޅަށް އާޖެންޓީނާ ނުކުންނަން ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް ޕެޓިޝަނުގައި ސޮއި ކުރަމުން އަންނަ މީހުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. މި ޕެޓިޝަން ފަށާފައި ވަނީ "އާޖެންޓީނާއައުޓް ޑޮޓް ކޮމް" ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތަކުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ކެމްޕެއިން ފެށިފައި ވަނީ ސެމީ ފައިނަލްގެ ދެވަނަ މެޗަށް އާޖެންޓީނާ ނުކުތުމުގެ ކުރިން، ލިއޮނަލް މެސީގެ ޓީމަށް ރެފްރީންގެ ފަރާތުން ނާޖާއިޒު ފައިދާ ލިބޭ ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. ކެމްޕެއިން ހިންގާ ފަރާތުން ބުނެފައި ވަނީ ފީފާގެ ރެފްރީން އާޖެންޓީނާ އަށް ބުރަވެފައިވާކަން ސާފު ކަމަށާއި، ނަތީޖާ ކުރިއާލާ ނިމިފައި ވަނިކޮށް އެހެން ގައުމުތައް ވާދަކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން، މުބާރާތުން އާޖެންޓީނާ ބޭރުކޮށް، ބާކީ ތިބި ގައުމުތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް އެ ފަރާތުން ދަނީ ގޮވާލަމުންނެވެ.

މިރޭގެ މެޗު ބެލެވިފައި ވަނީ މުޅި މުބާރާތުގައި ވެސް އެންމެ ފޯރިގަދަވާނެ އެއް ކުރިމަތިލުމުގެ ގޮތުގަ އެވެ. ގޯލްޑަން ބޫޓަށް މެސީ އާއި ކިލިއަން އެމްބާޕޭއާ ވާދަކުރަމުން އަންނަ އިނގިރޭސި ކެޕްޓަން ހެރީ ކޭން ބުނީ މެޗާ ގުޅިފައިވާ ޖަޒުބާތީ ކަންކަމުގެ ސަބަބުން ޓީމުގެ ސަމާލުކަން ގެއްލިގެން ނުދާނެ ކަމަށެވެ. ކޭން ސިފަކުރި ގޮތުގައި މިއީ ސްމާޓް ޓެކްޓިކަލް ފައުލްތައް ހޯދައި، ގޭމް ސްލޯކުރަން ފަރިތަ ބޮޑު ޓީމަކާ ދެކޮޅަށް ކުޅެން ޖެހޭ މެޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.