މަސްތުވާތަކެތި ބޭނުންކުރާ ތަނެއްކަމުގެ ތުހުމަތުގައި ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކުރާ ތަނެއްކަމުގެ ތުހުމަތުގައި ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކޮށްފި

Author
އަހުމަދު
15 ޖުލައި 2026 12:56
0

މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއްކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރެފައިވާ މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައި ބާއްވަން ޖެހޭނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް، ޖުމުލަ ތިން މަސްދުވަހުގެ މުއްދަތަށެވެ. ފުލުހުން ފާހަގަކުރި ގޮތުގައި މިއީ މާލޭގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތުގެ ތެރެއިން ބަންދުކުރި ހަ ވަނަ ތަނެވެ.

މި އަހަރުގެ މެއި މަހުން ފެށިގެން ފުލުހުން ވަނީ މާލޭގެ އިތުރު ފަސް ތަނެއް، މި ފަދަ ތުހުމަތުތަކުގައި ބަންދުކުރުމަށް ކޯޓު އަމުރު ހޯދާފައެވެ. އެއީ 6 މެއިން 3 އޮގަސްޓަށް ބަންދުކުރެވުނު ހ. ގުންޒަރު، 22 މެއިން 22 އޮގަސްޓަށް ބަންދުކުރެވުނު މ. ތަރިވިލާގެ، 1 ޖޫނުން 1 ސެޕްޓެމްބަރަށް ބަންދުކުރެވުނު މ. އަމީރާމަންޒިލްގެ ބައެއް، 11 ޖޫނުން 9 ސެޕްޓެމްބަރަށް ބަންދުކުރެވުނު މއ. ސެވަން އެންޑް ހައުސް އަދި 25 ޖޫނުން 24 ސެޕްޓެމްބަރަށް ބަންދުކުރެވުނު ހ. ކަނޑުފިނިގެ ފުރަތަމަ ފަންގިފިލާގެ އެއް ކޮޓަރިއެވެ.

ފުލުހުން ހަނދާންކޮށްދެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން މި ފަދައިން ބަންދުކުރެވޭ ތަންތަނަށް، އެ މުއްދަތުގައި ހުއްދަނެތި ވަދެ ނިކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.