މަސްތުވާތަކެތި ފެނުނީ ލަގެޖެއް ނުލައި ރާއްޖެ އައިކަމަށް ބުނާ އިންޑިއާ އަންހެނެއްގެ ނަމުގައި އޮތް ފޮއްޓަކުން

މަސްތުވާތަކެތި ފެނުނީ ލަގެޖެއް ނުލައި ރާއްޖެ އައިކަމަށް ބުނާ އިންޑިއާ އަންހެނެއްގެ ނަމުގައި އޮތް ފޮއްޓަކުން

Author
އަހުމަދު
02 ޖުލައި 2026 12:09
0

ރާއްޖެއަށް އައި އިންޑިއާ މީހެއްގެ ނަމުގައި އޮތް ލަގެޖަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފިއެވެ. ނަމަވެސް، އެލީސް މައިކަލް ބަރަމްހޭން، 29، ނަމަކަށް ކިޔާ މި އަންހެން މީހާ ބުނަނީ އޭނާ ރާއްޖެ އައީ އެއްވެސް ލަގެޖަކާ ނުލައި ކަމަށެވެ.

ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ، ލަގެޖް ބެލްޓަށް ދޫކޮށްލާފައި އޮތް މި ފޮށީގައި އެލީސްގެ ނަމާއި އެހެނިހެން މައުލޫމާތުތައް ހުރި ކަމަށެވެ. އަދި އޭނާ ރާއްޖެ އައީވެސް ހަމަ އެ ލަގެޖު ގެނައި ފްލައިޓުން ކަމަށް ފުލުހުން ފާހަގަކުރިއެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ. އެލީސް ބުނާ ގޮތުގައި އެއާޕޯޓުގެ ކެމެރާތައް ބަލައިފިނަމަ އޭނާ ލަގެޖެއް ނުގެންނަކަން ސާބިތުވާނެއެވެ. މިފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ އިންޑިއާ މީހުން ހައްޔަރުކުރެވޭ މިންވަރު ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަކީ ގުރުއަތަކުން ހޮވިގެން ރާއްޖެ އައި ބައެކެވެ. އަދި އެމީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކަން ގެނައި މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ ބަޔަކު ހަވާލުކުރި ތަކެތި ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.