މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ކުށްވެރިވި މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ކުށްވެރިވި މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް

Author
އަހުމަދު
30 ޖޫން 2026 10:28
0

މާލޭގައި މީހަކު ރަހީނުކޮށް، އޭނާއަށް އަނިޔާކުރުމަށްފަހު އިނގިލި ބުރިކޮށްލި މައްސަލައިގައި ޝާމިލުވާ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް އިއްވައިފިއެވެ.

23 ޖޫން 2024 ވަނަ ދުވަހު ހިންގި މި ލާއިންސާނީ އަމަލުގައި، މއ. ބަގުފަޑިއްގެ އުތުރުބައިގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މީހަކު ބަންދުކޮށް ގޮނޑިއެއްގައި ބަނުމަށްފަހު ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި ކަޓަރެއް ބޭނުންކޮށްގެން އެމީހާގެ ވައަތުގެ ކުޑަވައި އިނގިލި ވަނީ ބުރިކޮށްލާފައެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވަނީ ގދ. ގައްދޫ، ހުދުވެލި، އަޙްމަދު ސާއިފް ވަޙީދަށެވެ. އޭނާ 15 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ތ. ތިމަރަފުށީ، އުތުރުގެއާގެ މުޙައްމަދު ނައުޝާން ޙުސައިން އަދި ރ. ކަނދޮޅުދޫ، މެހުރާ އަލީ ސާމީ 10 އަހަރަށް ޖަލަށްލުމަށް ނިންމާފައިވާއިރު، ލ. ގަން ތުޑީ، ލިންކު އަޙްމަދު ޒަޔާންގެ މައްޗަށް އިއްވާފައިވަނީ ތިން މަސްދުވަހުގެ ޖަލު ހުކުމެކެވެ.

މި ހާދިސާއާ ގުޅިގެން ކ. ކާށިދޫ، ފުލްމޫން މުޙައްމަދު ނަފާޙްގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. މި މައްސަލައިގެ ހުކުމުގައި އަލީ ސާމީ 10 އަހަރަށް ޖަލަށްލުމަށް ކަނޑައަޅާފައިވީ ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށްވެސް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.