ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކެބިނެޓުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ

ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކެބިނެޓުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ

Author
އަހުމަދު
29 ޖޫން 2026 11:34
0

ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މި ނިންމުންތަކުގެ ދަށުން، މަޝްރޫޢުތައް ހިންގުމުގައި އެކިއެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް ފިނޭންސް މިނިސްޓްރީގައި ޚާއްޞަ ޓީމެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަރުކާރުގެ މަސައްކަތްތައް ވިލަރެސްކުރާ "ދުވެލި" ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ "ޕިމްސް" ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަޕްޑޭޓްކޮށް، މަޢުލޫމާތުތައް ވަގުތުން ވަގުތަށް އާންމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ހަމައެއާއެކު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮންޓްރެކްޓަރުންނާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށްވެސް ކެބިނެޓުން ވަނީ ކަނޑައަޅާފައެވެ. ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރިން މުޅި ރާއްޖެއަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރުމަށް އިސްކަންދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ކެމިކަލް ގުދަންކުރާ ތަންތަން މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރުގައި ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.