ޑޮކިއުމެންޓްރީގެ ގެގް އޯޑަރުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ސިއްރުކޮށްފި

ޑޮކިއުމެންޓްރީގެ ގެގް އޯޑަރުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ސިއްރުކޮށްފި

Author
އަހުމަދު
29 ޖޫން 2026 10:47
0

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ނެރެފައިވާ ގެގް އޯޑަރުގެ އިސްތިއުނާފީ އަޑުއެހުން ހައިކޯޓުގައި ސިއްރުކޮށްފިއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގައި އަންގާފައިވަނީ އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް އަދި ނުސީދާކޮށްވެސް ނުދެއްކުމަށެވެ. މި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރީ 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުންނެވެ. ބާ ކައުންސިލުންވެސް ތަދައްހުލްވެފައިވާ މި މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި ނަމަވެސް، ކޯޓުން ވަނީ އެ އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ބުނެ އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމަށްފަހު، ހުކުމް ތަންފީޒުކޮށް ނިމުމުން މިހާރު ވަނީ މިނިވަންކޮށްފައެވެ. މީގެ އިތުރުން، މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފިޔާޒުގެ އިތުރުން ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ގަޒުފުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.