ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކު، އަނެކަކުގެ މައްޗަށް ގްރޫމްކުރުމުގެ ބޮޑު ތުހުމަތެއް ކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހު ވައިގެ މަގުން ރާއްޖެއަށް ދޮޅު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ޢަލްޔާ ޝަރްސާ ނަޞީރެވެ. އެއާޕޯޓުން އޭނާ ހައްޔަރުކުރުމަށްފަހު، ހަމަ އެރޭ އާމިނަތު ރޫނާވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން މި ދެމީހުންވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
މި ދެމީހުންގެ ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހާޒިރުކުރުމުން، އަލްޔާގެ ފަރާތުން ވަނީ އޭނާ ގްރޫމްކޮށް ކުށްކުރުމަށް ބޭނުންކުރީ ރޫނާ ކަމަށް ބުނެފައެވެ. އަދި އެކަމަށްޓަކައި މަސްތުވާތަކެތި ގެނައުމަށް އަލްޔާ ރާއްޖެއިން ބޭރަށް ފޮނުވަމުންދިޔައީވެސް ރޫނާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ފުލުހުންވެސް ތުހުމަތުކުރާ ގޮތުގައި 1.8 ކިލޯގެ މި ޑްރަގު ކޭސްގެ އެންމެ އިސް މީހަކީ ރޫނާއެވެ.
ކޮމެންޓު ފޮނުވާ