އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

Author
އަހުމަދު
28 ޖޫން 2026 05:14
0

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ހަމާސްގެ އިސް ލީޑަރަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު ޣައްޒާގެ މެދުތެރެއަށް ދިން މި ހަމަލާގައި އަވަހާރަކޮށްލާފައިވަނީ ހަމާސްގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރުކަން ކުރައްވަމުން ގެންދެވި ސާމީ މަހުމޫދު ޝަހްތޫރެވެ. މި ހަމަލާގައި އޭނާގެ އިތުރުން އެހެން ދެ މީހަކުވެސް ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލުގެ ސިފައިންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، މި ހަމަލާ ދީފައިވަނީ އެ ތިން މީހުން ހަތިޔާރު ހަރުކޮށްފައިވާ އުޅަނދެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. އަދި އެ ހަމަލާ ދިނީ އެމީހުންގެ ފަރާތުން އިސްރާއީލުގެ ސިފައިންނަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވިގެން ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ހަމާސްގެ ކަނޑުގެ ސިފައިންނަކީ އެ ޖަމާއަތުގެ އަސްކަރީ ގޮފީގެ ދަށުން ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.