ބަނގުރަލުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ހުޅުމާލެއިން އަތުލައިގަނެފި

ބަނގުރަލުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ހުޅުމާލެއިން އަތުލައިގަނެފި

Author
އަހުމަދު
28 ޖޫން 2026 05:18
0

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް އެކެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫންއެވެ. މި މީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ފުލުހުން ބަލައިފާސްކުރިއިރު، އެތަނުން 15 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލް ނޫމާން ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.