މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ދެ ބިދޭސީންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ދެ ބިދޭސީންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

Author
އަހުމަދު
27 ޖޫން 2026 04:48
0

މާލޭގެ މަޖީދީ މަގުގައި އިމާރާތްކުރަމުންދާ ތަނެއްގެ ފުރަތަމަ ފަންގިފިލާއިން ދެ މީހަކު ވެއްޓި، އަނިޔާވި ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:53 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މި ދެމީހުން ވެއްޓިފައިވަނީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.