ރާއްޖޭގެ ސަރަހައްދުން ހިފެހެއްޓި އިރާނުގެ ދެ ބޯޓުން ގޯހެއް ނުފެނުނު

ރާއްޖޭގެ ސަރަހައްދުން ހިފެހެއްޓި އިރާނުގެ ދެ ބޯޓުން ގޯހެއް ނުފެނުނު

Author
އަހުމަދު
26 ޖޫން 2026 11:34
0

ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެމްއެންޑީއެފުން ހުއްޓުވައި ބަލައިފާސްކުރި އިރާނުގެ ދެ މަސްބޯޓުން ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ސިފައިން ބުނެފިއެވެ.

ގދ. އަތޮޅާއި ފުވައްމުލަކާ ދެމެދުގައި އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން އިރުން ހުޅަނގަށް މި ދެ ބޯޓު ދަތުރުކުރަމުން ދަނިކޮށް ފެނިގެން ރިޕޯޓުކުރީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދިވެހި ދޯންޏަކުންނެވެ. މި ރިޕޯޓާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ވަނީ އެ ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން އެ އުޅަނދުތައް ހުއްޓުވައި ފާސްކޮށްފައެވެ.

އެ ދެ ބޯޓު ބަލައި ފާސްކުރިއިރު ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ. ސިފައިން ބުނި ގޮތުގައި އެ ބޯޓުތައް ދަތުރުކުރަމުންދިޔަ ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަހައްދު ހުރަސްކުރުމަށް ބޭނުންކުރާ މަގެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.